ނަންބަރު : (IUL)266-PD/266/2026/153
-
ހަމަވާ ތާރީޚް : 06 އޯގަސްޓް 2026

ބޮޑުތިލަދުންމަތީ ބޮޑުބާޒާރުގައި ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 6 ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލުން

2026ސެޕްޓެމްބަރ 30 އިން އޮކްޓޯބަރ 04 އަށް "ބޮޑުތިލަދުންމަތީ ބޮޑު ބާޒާރުގެ" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާޒާރުގައި، ހިޔާކޮށްފައިވާ ޓެންޓް ގޮޅީގެ ގޮތުގައި އިތުރު 6 ޖާގައަށް އެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ ރަޖިސްޓްރީކޮށްގެން ކުޅުދުއްފުށީ ސިޓީގައި ހިންގާ ވިޔަފާރިތަކަށާއި، ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. މި ބާޒާރުގެ ކަންކަން ރާވާ ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، މި ބާޒާރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 6 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓްރީވާ ތަރުތީބުން ކަމުގައި ދަންނަވަމެވެ.

ރެޖިސްޓްރޭޝަންލިންކް:https://forms.gle/xZXJg3UV6o5Sc1a36

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6527202 އަދި 6527201 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

ރިއެކްޝަންސް

Share

ޝެއަރ ކުރުމަށް

All Rights Reserved (c) 2026

kulhudhuffushi city council