ނަންބަރު : (IUL)266-PD/266/2026/212
-
ހަމަވާ ތާރީޚް : 08 ނޮވެމްބަރ 2026

ކްރޮސް ސްޓިޗިންގ ދަސްކޮށްދިނުމުގެ ތަމްރީން ކޯސް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަބުޑީ މޯލްޑިވްސް ގުޅިގެން ހިންގާ ކްރޮސް ސްޓިޗިންގ ދަސްކޮށްދިނުމުގެ ތަމްރީން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި ތަމްރީން ކޯހުގައި ކިޔަވައިދެއްވާނީ އަލްފާޟިލާ އާމިނަތު ޝިހާނާ، މަޝްހޫރު ނަމުން ނަމަ، "އަބުޑީ" އެވެ.

މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އުފައްދައި، އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހިތްވަރު ލިބިދިނުމަށާއި ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި އެ އުފެއްދުންތަކަށް ބާޒާރުން ޖާގަ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްސަދުގައި ހިންގޭ ކޯހެކެވެ.

މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރ 2026 އިން 27 ނޮވެންބަރ 2026 އަށް، ލަގޮނޑި މާލިމީ މާލަމުގައި (އެން.އޯ.ސީ އިމާރާތުގެ 02 ވަނަ ފަންގިފިލާ ހޯލް) ގައެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށި ސިޓީއިން ޖުމްލަ 30 ފަރާތަކަށް ލިބިލައްވާނެއެވެ.

މި ތަމްރީން ކޯހުގައި ރަޖިސްޓަރވާ ފަރާތްތަކުގެ ތެރެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިލައްވާނެ ފަރާތްތައް ހޮވުމުގައި ޕޮއިންޓްދޭނެ ގޮތުގެ ތަފްޞީލް އަދި މި ތަމްރީން ކޯސް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ނޮވެންބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/nuZHfczCxKSBksbB7

ރިއެކްޝަންސް

Share

ޝެއަރ ކުރުމަށް

All Rights Reserved (c) 2026

kulhudhuffushi city council