ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ކަނޑައަޅުއްވައި ދެއްވައިފި.

06 ޑިސެމްބަރ 2020

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ހދ. ކުޅުދުއްފުށީގައި ހަމަވެފައިވާތީ، 2020 ޖަނަވަރީ 01 ން ފެށިގެން ހދ. ކުޅުދުއްފުއްޓަކީ ސިޓީއެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ޤާނޫނު ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން، ” ކުޅުދުއްފުށި ސިޓީ ކައުންސިލް ” ގެ ނަމުގައި ސިޓީ ކައުންސިލެއް، 2020 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އުފައްދަވައިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

Share

ޝެއަރ ކުރުމަށް

All Rights Reserved (c) 2026

kulhudhuffushi city council