ވޯލްޑް ކްލީންއަޕް ޑޭ 2024 އާއި ގުޅިގެން ހިންގި ސާފުކުރުމުގެ ހަރަކާތް

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކޮށް ރަށާއި ވަށައިގެންވާ މާހައުލަށް ހެޔޮ ބަދަލެއް ގެނައުމަށް ހިންގާ ސަކެޕް ޕްލީޒް ޕްރޮޖެކްޓްގައި ހިމެނޭ “ފަރިއުތުރު” ކެމްޕޭންގެ ދަށުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އަދި ވެމްކޯ ކުޅުދުއްފުށިން އިންތިޒާމުކޮށްގެން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޖަލާލުއްދީން ސްކޫލް އަދި އަފީފުއްދީން ސްކޫލުގެ ބައިވެރިންނާއެކު ރަށުގެ ވެލިގަނޑު ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް މިއަދު ވަނީ ހިންގާފައި. މި ހަރަކާތުގައި ޖުމްލަ 530 ކިލޯގެ ކުނި ނަގާފައިވޭ.

All Rights Reserved (c) 2023

kulhudhuffushi city council