ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ވޯކްޝޮޕް
މި ސެޝަންއަކީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި ވިޔަފާރިއެއް ފެށުމަށް އީޖާދީ ވިސްނުން ގެންގުޅޭނެގޮތް ދަސްކޮއްދިނުމުގެ ގޮތުން ބޭއްވުނު ސެޝަންއެކެވެ. މި ސެޝަން ނަންގަވައިދެއްވާފައި ވަނީ “ކަސަބު ބައި ހިދާ” ގެ ފައުންޑަރ، ހިދާނާ ލަތީފް. މި ސެޝަންގައި ކުޅުދުއްފުށީގައި ހުރި ސަގާފީ މަސައްކަތްތަކާގުޅިގެން ހުރި ވިޔަފާރީގެ ފުރުސަތުތަކާ، އެކަންތައް ދިރުވާ އާލާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވޭ.
