ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓް ޢާންމު ދަތުރަށް ހުޅުވާލުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު

ކުޅުދުއްފުށީ އެއަރޕޯޓް ޢާންމު ދަތުރަށް ހުޅުވާލުމުގެ ރަސްމިއްޔާތު 09 އޮގަސްޓް 2019 ވާ ހުކުރު ދުވަހު ހެނދުނު ކުޅުދުއްފުށީ އެއަރޕޯޓް ސަރަޙައްދުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ އެއަރޕޯޓް ޢާންމު ދަތުރަށް ހުޅުވާލަދެއްވާނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލާ ޢާއިޝަތު ނަހުލާއެވެ.

މިރަސްމިއްޔާތުގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް ޢާންމު ދަތުރަށް ހުޅުވާލުމުގެ ރަސްމިއްޔާތަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

Leave a Reply