ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް ކުޅުދުއްފުއްޓަށް

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހިންގަވަމުންގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފިއެވެ. މި މަހުގެ 16 ން 19 އަށް ތާވަލް ކުރެވިފައިވާ މިނިސްޓަރގެ ދަތުރުފުޅުގައި މަކުނުދޫ، ނޭކުރަންދޫ، ނައިވާދޫ، ހިރިމަރަދޫ އަދި ފިނޭއަށް ދަތުރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހަވީރު ކުޅުދުއްފުއްޓަށް މިނިސްޓަރ އަލްފާޟިލް އަޙްމަދު މަޚްލޫފް ވަޑައިގެންނެވުމުން ކައުންސިލްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. މިނިސްޓަރ މިރޭ ކައުންސިލްއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު 17 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހު ރަށުގެ ރައްޔިތުންނާއި މިނިސްޓަރ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply