Council Mandate

ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާގޮތް

އޮފީހުގެ މުވައްޒަފުންނާއި މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ 3 ޔުނިޓަކަށެވެ. އެއީ ކޯޕަރޭޓް އެފެއާޒް، އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް އަދި މުނިސިޕަލް ސަރވިސް ޔުނިޓެވެ. އޮފީހުގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓަވާ ސެކްޝަނަކީ ކޯޕަރޭޓް އެފެއަރޒް (އޭ) ސެކްޝަނެވެ. މިސެކްޝަނުގައި ދެބައެއް ހިމެނެއެވެ. އެއީ އިދާރީ ހިންގުމުގެ ބައި (ކޯޕަރޭޓް އެފެއަރޒް، އޭ ) ގެ އިތުރުން އޮފީހުގެ ފައިސާއާއި ބައި (ބަޖެޓް އެންޑް ފައިނޭންސް، ސީ) އެވެ.

އިދާރީ ހިންގުމުގެ ބައިގެ މަސައްކަތްތައް

1. އިދާރީ ހިންގުމުގެ ބައިގެ މަސައްކަތްތައް
2. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން
3. ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ރިކޯޑްކޮށް ލިޔެ ބެލެހެއްޓުން
4. މުއައްޒަފުންނާއި ބެހޭ ކަންކަން ހިންގާ ބެލެހެއްޓުން
5. ކައުންސިލަށާއި އިދާރާއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން އަދި ސެކްޝަންތަކަށް ފޮނުވުން
6. ކައުންސިލް ބިއުރޯގެ މަސައްކަތްތައް ބެލެހެއްޓުން
7. ކައުންސިލް އިދާރާގެ ޔަވްމިއްޔާ ލިޔެ ބެލެހެއްޓުން
8. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަގާފީ ކަންކަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
9. ކުލަބު ޖަމިއްޔާ ޖަމާއަތްތަކާ ބެހޭ ކަންކަން
10. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ކުރުން
11. ތަޙްޤީޤުކުރުމާ ބެހޭ އެންމެހާ ކަންތައް ބެލެހެއްޓުން
12. ރަށުގެ ސުލްހައާއި އަމަން އަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުން
13. ތިމާވެށި ރައްކާތެރި ކުރުވުމުގެ ގޮތުން ކުރަން ޖެހޭ މިކަމާ ގުޅުން ހުރި ކަންކަން
14. ދީނީގޮތުންނާއި ޤައުމީ ގޮތުން ފާހަގަކުރަން ޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް ދީނީ އަދި ޤައުމީ އިހްތިފާލްތައް ބޭއްވުން
15. ކުއްވެރިންގެ ކަންތައް ބެލެހެއްޓުން
16. އެކިއެކި ޝަކުވާތަކާ ބެހޭ މަސްއަލަތައް
17. ނީލަންކިޔުމާ ބެހޭ ކަންތައް ބެލެހެއްޓުން
18. އޮފީހަށް ހޯދަން ބޭނުންވާ ލިޔެކިޔުމާ ބެހޭ ތަކެއްޗާއި އެނޫންވެސް ތަކެތި ހޯދުމާއި އޮފީސް މަރާމާތުގެ ކަންތައް ބެލެހެއްޓުން
19. ޕްރޮކިއުމަންޓާ ބެހޭ ކަންތައް
20. އިންތިހާބުތަކާ ބެހޭ ކަންތައްތައް ބެލެހެއްޓުން
21. އަންހެނުންގެ ކޮމިޓީގެ ކަންތައް ބެލެހެއްޓުން
22. ހޮވާ އަދި ލަނގުވާ ތަކެއްޗާ ބެހޭ ކަންތައް ބެލެހެއްޓުން
23. ބޯހިމެނުމާ ބެހޭ ކަންތައް ބެލެހެއްޓުން
24. ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުން
25. ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 11 ވަނަ ބާބުގެ 108ވަނަ މާއްދާއާއި 109 ވަނަ މާއްދާގައި ހިމެނޭ ރިޕޯޓްތަކުގެ ތެރެއިން ބަޖެޓާއި ފައިސާއާއި ބެހޭ ރިޕޯޓް އަދި އޮޑިޓް ރިޕޯޓް ތައް ފިޔަވާ އެހެން ރިޕޯޓްތައ ތައްޔާރުކުރުން
26. މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭ ކަންތައްތައް
27. އަހަރަކު އެއްފަހަރު ކައުންސިލްގެ އިދާރާ އޮޑިޓް ކުރުން

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓްގެ މަސައްކަތްތައް

1. ސެކްޝަނަށް ހުށައެޅޭ މަސްއަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުން
2. ސެކްޝަނުގައި ކުރެވޭ މަސައްކަތުގެ ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެ އިދާރީ ސެކްޝަނާ ހަވާލުކުރުން
3. އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދިނުން
4. ރެސްޓޯރަންޓް، ސައިހޮޓާ، ކެފޭ، ކެންޓީން ހިންގުމުގެ ހުއްދަ ދިނުން
5. ތަންތަން ރަޖިސްޓްރީ ކުރުން
6. ޗާޕުކުރާ ތަންތަން، ފިލްމު ކުއްޔަށް ދޫކުރާ ތަންތަން، ތިއޭޓަރ/ ސިނަމާ، ލޯކަލް އިންވެސްޓްމެންޓް، ބިޒްނަސް ނޭމް، ލޯގޯ، ޓްރޭޑްމާކް، އަދި ޝިޕިންގމާކް ރަޖިސްޓްރީ ކުރުން
7. ރީ-އެކްސްޕޯޓް އެގްރިމެންޓްކުރުން
8. ޑީސަލް، ކަރާސީނު، ޕެޓްރޯލް، ޖެޓްފިއުލް ފަދަ ތެލުގެ ބާވަތްތަކުގެ އިންވޮއިސްގައި ތައްގަނޑު ޖެހުން
9. ކޮންސައިނީ ބަދަލުކުރުމުގެ ހުއްދަ ދިނުން
10. އެރަށެއްގެ ރަށްވެހީންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގައި އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދޫކުރުން
11. އެރަށެއްގެ ރަށްވެހީންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގައި ރެސްޓޯރެންޓް، ސައިހޮޓާ، ކެންޓީން ހިންގުމުގެ ހުއްދަ ދޫކުރުން
12. އިމްޕޯޓް މުދާވިއްކާ ތަންތަނާއި، ސައިހޮޓާ ރެސްޓޯރަންޓް ކެންޓީން ފަދަ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދެމުން ގެންދަނީ އެތަންތަނުން އަމަލުކުރަންޖެހޭ ޤާނޫނާއި ޤަވަޢިދާ އެއްގޮތަށްތޯ މޮނިޓަރ ކުރުމާއި ޤާނޫނާއި ޤަވައިދާ ޚިލާފުވުމުން އަޅަންޖެހޭ ފިޔަވަޅު އެޅުން
13. މުދާ ވިއްކާ ތަންތަނާއި ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ރަށުކައުންސިލުން ދޫކުރާ ހުއްދައިގެ ނުވަތ ަ ރަޖިސްޓްރީއެއްގެ ދަށުން ޚިދުމަތް ދެމުން ގެންދަނީ ނުވަތަ މުދާ ވިއްކަމުން ދަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވައިދާ އެއްގޮތައްތޯ މޮނިޓަރކުރުމައި ޤާނޫނާއި ޤަވައިދާ ޚިލާފްވުމުން އަޅަން ޖެހޭ ފިޔަވަޅު އެޅުން
14. ކޮންޓްރޯލް ކުރެވޭ ބާވަތްތަކުގެ މުދަލުގެ އަގު ކަނޑައެޅުން
15. އެކިއެކި އިޤްތިޞާދީ މަސައްކަތްތަކަށް ދޭންޖެހޭ ހުއްދަތައް ދޫކުރުން
16. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ފަޅުރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި ކަނޑައެޅުމާއި މިފަދަ ތަންތަން ކުއްޔަށް ދިނުމުގެ މަސައްކަތް
17. ގޮއިފާލައްބަ ހިންނަ ފަދަ ތަންތަނުގެ ކުލި ކަނޑައެޅުމާއި އެފަދަތަންތަން ކުއްޔަށާއި ވަރުވާއަށް ދޫކުރުން
18. ކައުންސިލްގެ އިމާރާތްތަކާއި މުދަލުގެ ކުލި ކަނޑައެޅުމާއި އެފަދަ ތަންތަން ކުއްޔަށް ދިނުން
19. ކައުންސިލަށް ނަގާ ލޯނުތަކުގެ ކަންތަކާއި އެކިއެކި ފަރާތްތަކުން އެހީގެ ގޮތުގައި ގޮތުގައިދޭ ފައިސާގެ ކަންތައް ހަމަޖެއްސުން
20. ރަށުގެ ބަނދަރު ބޭނ ުންކުރުމަށް ނަގާ ކުލި އަދި ފައްތިޔާ ދޫކުރުމާއި މިފަދަ ކަންކަމަށް ކުލި ކަނޑައެޅުމާއި ދޫކުރުމުގެ ކަންތައް
21. އިޤްތިޞާދީ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގެ މަސައްކަތް
22. އައުޓް ސޯސްކޮށްގެން ދެވޭ ޚިދުމަތްތައް ދިނުމުގެ ކަންތައް
23. ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތައް އަދި ކާބޯތަކެތި އުފައްދާ ތަންތަނާއި ޢާއްމު މާރުކޭޓްތަކުގެ ކަންކަން ބަލައި ޗެކްކޮށް އިސްލާހީ ފިޔަވަޅު އެޅުން
24. ދައުލަތަށް ނަގާ ޓެސްކްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް
25. ގެދޮރު އިމާރާތް ކުރުމަށާއި ބޯހިޔާވަހިކަން އަދި ވިޔަފާރީގެ ބޭނުންތަކަށް ސަރުކާރުން ހިންގާ ފަނޑުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް
26. ލޯނު ސްކީމްތަކުގެ ދަށުން އަމިއްލަ ފަރުދުން އިމާރާތް ކުރަމުން ގެންދާ އިމާރާތްތައް ޗެކުކުރުމުގެ މަސައްކަތް
27. ވިޔަފާރިއާއި އިޤްތިޞާދީ ހޭލުންތެރިކަން ކުރިއެރުވުމަށް ހިންގޭ ހަރަކާތްތައް
28. ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެއްވާ އަސާސީ ޕެންޝަނުގެ ކަންތައް
29. އެކަނިވެރި މައިންނަށް ދައުލަތުން ފޯރުކޮށްދޭ އެހީގެ ކަންތައް
30. ހެލްތް އިންޝުއަރެންސާ ބެހޭ ކަންތައް ބެލެހެއްޓުން
31. ޢާއްމު ސިއްޙަތާއި ބެހޭ ކަންތައް
32. ޕެސްޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް
33. ފަރުދުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ހިންގޭ މަސައްކަތްތަކާއި ކޯސްތަކުގެ ކަންތައް

މުނިސިޕަލް ސަރވިސް ޔުނިޓްގެ މަސައްކަތްތައް

1. ސެކްޝަނަށް ހުށައެޅޭ މަސްއަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުން
2. ސެކްޝަނުގައި ކުރެވޭ މަސައްކަތުގެ ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެ އިދާރީ ސެކްޝަނާ ހަވާލުކުރުން
3. ރަށްވެހިވުމާއި އުފަންވުން ރަޖިސްޓްރީކުރުމާ ބެހޭ އެންމެހާ މަސައްކަތްތައް
4. ގޯތިގެދޮރުގެ ރަޖިސްޓްރީއާބެހޭ އެންމެހާ މަސައްކަތް
5. ގޯތިގެދޮރު ބައިކުރުމާއި އިންވަކިކުރުމާއި ކަންމުޑި އެޅުމާ ބެހޭ މަސައްކަތްތައް
6. ބިން ޕްލޭން ކުރުމާ ބެހޭ މަސައްކަތްތައް
7. ގޯއްޗާއި ފްލެޓް ފަދަ ދިރިއުޅުމަށް ބިނާ ކުރެވޭ ތަންތަން ދޫކުރުމުގެ މަސައްކަތް
8. އިޖުތިމާއީ ތަންތަން ބެލެހެއްޓުމާއި މިފަދަ ތަންތަން ތަރައްޤީކުރުމަށ ްކުރަންޖެހޭ މަސައްކަތްތައް ކުރުން
9. މަގާއި އާއްމު ތަންތަނުގައި އިސްތިހާރު ބޯޑު ބެހެއްޓުމާ ބެހޭ ކަންކަން
10. މަގާއި އާއްމު ތަންތަނުގައި ބެނާ ދެމުމުގެ ކަންކަން
11. ބަނދަރާއި ރަށުގެ މަގުތައް ހަދާ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް
12. އިލެކްޓޯރަލް ރަޖިސްޓްރީގެ އެންމެހާ މަސައްކަތް
13. މަގާއި ބަނދަރުފަދަ ތަންތަނުގައި ބައްތި ޖެހުމާއި ބައްތިތައް ދިއްލާ މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް
14. މިސްކިތްތަކާއި ޤަބުރުސްތާނުތައް ބެލެހެއްޓުމުގެ މަސައްކަތް
15. ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް
16. ރަށުކައުންސިލްގެ ދާއިރާގެ އެންމެހާ ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވާ އެދަފްތަރު ބެލެހެއްޓުމާއި ބިމާ ބެހޭ ޤައުމީ ދަފްތަރު އެކުލަވާލައި ބަހައްޓާ އިދާރާއަށް ބޭނުންވާނޭ މައުލޫމާތު ފޯރުކޮށްދިނުން
17. ދިވެހި ރާއްޖޭގެ އިމާރާތް ކުރުމާއި ބެހޭ ޤަވައިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހާ ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިމާރާތްކުރުމަށް ހުއްދަދިނުމާއި މިއިމާރާތް ކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ މުއާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން
18. ކުނި ނައްތާލުމާބެހޭ އެންމެހާ ކަންކަން ކުރުން
19. އެކެއްގެ އެއްޗަކުން އަނެކަކަށް އުނދަގޫވާތީ ހުށައެޅޭ މައްސަލަތައް
20. ފެނާއި ނަރުދަމާގެ ޚިދުމަތްތަކައި ގުޅުން ހުރި މައްސަލަތައް
21. ޖަމާއަތްތެރިކަމާ ކަށުކަމާކެމީގެ ކަންކަން ބެލެހެއްޓުން
22. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުން
23. އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ރޯޑްވާދިނަސްއާ ބެހޭކަންތައް
24. ކަނޑާއި އެއްގަމު އުޅަނދުފަހަރުގެ ލައިސަންސާ ބެހޭ ކަންތައް
25. ޤަވައިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާ ތަކެތީގެ މައްސަލަތައް
26. މަގުކޮނުމާއި ބެހޭ ހުއްދަ ދޫކުރުން
27. މަގުމަތީގައި ޓެންޓް ޖެހުމުގެ ހުއްދަ ދޫކުރުން
28. މަގުމަތީގެ ޓްރެފިކް މައްސަލަތައް