ޤާރީ ކޯސް ލެވެލް 2 ފުރިހަމަކޮށްފައިވާ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފި
ޤާރީ ކޯސް ލެވެލް 2 ފުރިހަމަކޮށްފައިވާ ބައިވެރިންނަށް ސެޓްފިކެޓް ރޭ ޙަވާލުކޮށްދެއްވައިފިއެވެ. ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގެ ސަރަފުވެރި މެހެމާނަކީ ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ އައްސަދުއެވެ. ޖުމުލަ 6 ދަރިވަރުންނަށް ސެޓްފިކެޓް ލިބިގެންދިޔަ މި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީ އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން އަދި ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ޢަލީ ހާޝިމްގެ އިތުރުން ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ދަރިވަރުންނަކީ:
- ހދ. ކުޅުދުއްފުށި، ކަރިސްމާ، އަލްފާޟިލާ ޢާއިޝަތު ޢަލީ
- ހދ. ކުމުންދޫ، ހަނދުވަރީމަންޒިލް، އަލްފާޟިލް ޢަލީ ޝަރީފް
- ހދ. ކުޅުދުއްފުށި، މަގޫމާގެ، އަލްފާޟިލާ އާމިނަތު އަޙްމަދު
- ހދ. ކުޅުދުއްފުށި، މާފާޅަގެ، އަލްފާޟިލާ ހަޘްރަތު އިސްމާޢީލް
- ހދ. ކުޅުދުއްފުށި، ހަނދާން، އަލްފާޟިލް ޙުސައިން ޢަލީ
- ހދ. ކުޅުދުއްފުށި، ބަބުކެޔޮގަސްދޮށުގެ، އަލްފާޟިލާ ސަނާ އިސްމާޢީލް