ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުން
10 އޭޕްރިލް 2021 ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ވަނީ ހުޅުވާލާފައެވެ.
ވޯޓުލުމަށް ރީރަޖިސްޓަރީވާން ޖެހޭނީ ވޯޓުލާން މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި 10 އޭޕްރިލް 2021 ގައި ބޭއްވޭ އިންތިހާބުގައި ވޯޓުލުމަށްޓަކައި އެދިލައްވާ ބޭފުޅުންނެވެ. VR<SPACE>A—— (ID Card Number) ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކުރެއްވުމުން ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން މިހާރު ރަޖިސްޓަރވެފައިވާ ފޮށި ބެއްލެވޭނެއެވެ.