މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އަލީ، ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައިފި
މަސްޖިދުލް ފިރުދައުސް ހުޅުވުމުގެ ގޮތުން ހދ. ކުޅުދުއްފުއްޓަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ކުރެއްވި ދަތުރުގައި ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން ކުރިޔަށް ދިޔައީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ކުޅުދުއްފުށީގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތެއް ކަމުގައިވާ މަސްޖިދުލް ފިރުދައުސް ރަސްމީކޮށް ހުޅުވައި ދެއްވުމަށް ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންދެއްވި ކަމަށްޓަކައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން އެމަނިކުފާނަށް ޝުކުރުދެންނެވިއެވެ. އަދި އެހެންމެ ވަރަށް ބުރަކޮށް އުޅުއްވަމުންވެސް މިދަތުރުގައި ކުޅުދުއްފުށީ ކައުންސިލްއާއި ބައްދަލުކުރެއްވުމަށް ފުރުޝަތެއް ފަހި ކޮށްދެއްވި ކަމަށްޓަކައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން އެމަނިކުފާނަށް ޝުކުރުދެންނެވިއެވެ.
ކުޅުދުއްފުށީގައި ޒަމާނުންސުރެން މިސްކިތެއް އެޅުމަށްޓަކައި ބިމެއް ހުސްކުރެވިފައިވާ ކަމަށާއި އެމިސްކިތް އެޅުމަށް ހުސްކުރެވިފައިވާ ބިން އޮތް ސަރަޙައްދަކީ މިސްކިތެއް ނެތް ރަށުގެ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސަރަޙައްދެއްކަމަށާއި މިސަރަޙައްދުގައި މިސްކިތެއް ބިނާކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާތާ މިހާރު 25 އަހަރު ވެދާނެ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. މިނިމުނު ސަރުކާރުން އެސަރަޙައްދުގައި މިސްކިތެއް ބިނާކުރުމުގެ ސައުޤުވެރިކަން ލިޔުމުން ފާޅުކޮށްފައިވާކަމަށާއި މިސަރުކާރުން ވީހާވެސް އަވަހަކަށް ސަރުކާރުގެ ޚަރަދުގައި އެސަރަޙައްދުގައި މިސްކިތެއް ބިނާ ކޮށްދެއްވުމަކީ އެދޭ ކަމެއް ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
އާބާދީ ބޮޑު ރަށްތަކަށް މިސްކިތްތަށް އިތުރުކުރުމަކީ ސަރުކާރުންނާއި މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި މިސްކިތެއް ބޭނުންވާކަމަށް އެދިފައިވާނަމަ އެކަން އަޅުގަނޑުމެން އެކުލަވާލާފައިވާ ޕިއޮރިޓީ ލިސްޓްގައި ހިމެނިފައިވާނޭ ކަމަށާއި އެލިސްޓްގެ ދަށުން މިސްކިތްތައް ރަށްތަކުގައި އެޅެމުންދާއިރު އެންމެ ބޮޑަށް މިސްކިތްތައް އެންމެ އަވަހަށް އަޅަން ބޭނުންވާ ރަށްތަކަކީ ކޮބައިތޯ ބަލައި އެރަށްތައް ނިންމައި މިރަށުގައިވެސް މިސްކިތް އެޅިގެން ދާނެ ކަމަށާއި އެކަން ގޮސްފައިވާ ގޮތުގެ މަޢުލޫމާތު ބަލައި ހިއްސާކުރާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
އުތުރުއަވަށުގައި ހުންނަ ނޫރު މިސްކިތް ހުންނަ ސަރަޙައްދަކީވެސް ވަރަށް ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަޙައްދެއްގައި ބިނާކުރެވިފައިވާ މިސްކިތެއްކަމަށާއި އެސަރަޙައްދަކީ ގެތަށް ދޫކުރެވިފައިވާ ގޮތަށް ބަލައިވެސް ވަރަށް ގިނަ ގެތަކެއް އެޅިފައިވާ ސަރަޙައްދެކަމަށާއި ނޫރު މިސްކިތް އެޅިފައިވަނީ ގެއެއް ހިމެނިގެންދާގޮތަށް ގެއަކާއި އިންވެގެން ކަމަށާއި އެގެ ނަގައި އެހެން ތާކަށް ބަދަލުކުރެވިއްޖެ ނަމަ މިސްކިތް ކުރިޔަށް އޮތްތަނުގައި ބޮޑުކުރުމަށް ޖާގަ ލިބޭ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ. މިމިސްކިތަކީ ތިން ހަތަރު ފަހަރުމަތިން ފެންޑާ އިތުރުކޮށް ބޮޑުކުރެވިފައިވާ މިސްކިތެއް ކަމަށާއި މިސްކިތުގެ އިމުގެ ތެރެއަށް އެގޭގެ ޖާގަ އިތުރުކުރަނީ ކަމުގައި ވަނީނަމަ އެގޭގެ ވެރިފަރާތުން އެގެ ދޫކޮށްލުމަށް އިއުތިރާޒްނުކުރާކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
ނޫރު މިސްކިތުގެ ޖާގަ ޖެހިގެން އިންވެގެން އަރާ ގެ ނަގާގޮތަށް އިތުރުކުރެވިގެންދާއިރު އެފަރާތަށް ދޫކުރެވިފައިވާ ގޭގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ ކަމަށާއި އެވަރުގެ ޖާގައެއް ރަށުގެ އެހެންތާކުން ދެވެން އޮތުމަކީވެސް މުހިއްމު ކަމެއް ކަމަށާއި އެކަން ބަޔާންކޮށް މިނިސްޓްރީއަށް ލިޔުއްވުމުން އެމައްސަލަ ހައްލުކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
ބައެއް ރަށްތަކުގައި އިސްލާމީ މަރުކަޒުތަކާއި ތަންތަން ހެދެމުންދާއިރު ބޮޑެތި ސިޓީ ތަކުގައި ބޮޑެތި އާބާދީ އެކުލެވޭ ރަށްތަކުގައި އިސްލާމީ މަރުކަޒު ހެދިގެން ދާއިރު ކުޅުދުއްފުށީގައިވެސް އިސްލާމީ މަރުކަޒެއް ޤާއިމުކުރަން ބޭނުންވާކަމަށާއި މިނިސްޓްރީގެ ޝައުޤުވެރިކަން ހުރި ކަމުގައި ވަނީނަމަ ދެވެން އޮތް އެހީތެރިކަމެއް މިކަމުގައި ދެއްވުމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުތައް ބޮޑެތި އާބާދީތަކަށް މުހިއްމު ކަމަށާއި އިސްލާމީ މަރުކަޒެއް އެޅުމަށްޓަކައި ވަރަށް ބޮޑު ބިމެއް ބޭނުންވާނެކަމަށާއި އެކަންވެސް ކުރެވެން އޮތް ކަމުގައި ވަނީ ނަމަ ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
މިސްކިތްތައް އޭސީ ކުރުމަކީ އަދުގެ ސަރުކާރުގެ ވަޢުދެއްކަމަށާއި ކުރިން ނިމިދިޔަ ސަރުކާރުގެ ސިޔާސަތުގައި މިސްކިތެއް އޭސީ ކުރަނީ ކަމުގައިވަނީނަމަ އޭސީ ކުރާ ފަރާތަކުން މިސްކިތުގެ އޭސީ ކުރުމާއި ވަކި ކަރަންޓެއް ލުމާއި ކަރަންޓް ބިލް ދެއްކުމާއި އޭސީ މަރާމާތު ކުރުމަކީ އޭސީ ކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ކަނޑައެޅިފައި ވީތީ އަދުގެ ސަރުކާރުން މިކަންކަމާއި މެދު މިހާރު ދެކެމުން އަންނަ ގޮތަކީ ކޮބައިކަމާއި މިހާރު ފެނަކައިން ވަކި މީޓަރެއް ލައި ނުދޭ ގޮތަށް އެފަރާތްތަކުގެ ސިޔާސަތުތައް ބައްޓަންވެގެން ދިއުމަކީ އާންމުންގެ ތެރެއިން މިހިދުމަތް ދޭން ބޭނުންވާ ފަރާތަކަށް ވެވޭ ބޭއިންސާފެއްކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
މިސްކިތްތައް ބިނާކުރެވިފައިވަނީ ސީލިންގ ފަންކާ ލައިގެންކަމަށާއި ދުވަހެއް ދުވަހަކަށް ހޫނުގަދަވި ވަރަކަށް ފަންކާތަކާއި އެއްޗެހި ފާރަށް އިތުރުކުރެވެމުން އަންނަ ކަމަށާއި މިސްކިތްތައް އޭސީ ކުރެވޭ ހިސާބުން ފަންކާތަކުގެ ބޭނުން ނިމިގެންދާނެ ކަމަށާއި ގިނަ ފަރާތްތަކަކުން މިސްކިތްތައް އޭސީކުރުމަށް އެދެމުންދާ މިދަނޑިވަޅުގައި މިމައްސަލައަށް އަވަސް ހައްލެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
މިސްކިތްތައް އޭސީ ކުރުމުގެ ކަންކަން ހިނގުމަށްޓަކައި އަދި ދުވަސްކޮޅެއް ބޭނުންވާނެ ކަމަށާއި އަމިއްލަ ފަރާތަކުން އޭސީ ބެހެއްޓުމަށް ހޭދަ ކުރަނީ ނަމަ އެކަން ކުރުމަކީ އެކަން މަނާކުރަންވީ ސަބަބެއް ނޫން ކަމަށާއި ހަރުކުރުމަށްފަހު ހިނގާ ކަރަންޓް ބިލްގެ ޚަރަދު ކައުންސިލްއިން ދައްކާގޮތަށް ބަޖެޓްގައި ޖައްސަވައިގެން އެބަޖެޓް ސަރުކާރުން ހޯއްދެވޭނެ ކަމަށާއި ފެނަކައާއި ވާހަކަދައްކައިގެން މީޓަރ ލުމަށް އެއޮތް މައްސަލައަށް ހައްލެއް ގެނެވުމަށް ވާހަކަ ދައްކާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
މިސްކިތްތައް އޭސީ ކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ އިސްކަންދީގެން ކުރުމަށް ލިސްޓްކުރެވިފައިވާނީ މަސްޖިދުލް ހަޟާރަތުކަމަށާއި އެކަން އެގޮތަށް ވަރަށް އަވަހަށް ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
ތިން އަތޮޅު މީހުން ވިހެއުމާއި ނިޔާވާނީވެސް ކުޅުދުއްފުށީގައި ކަމަށާއި ގަބުރުސްތާނަށް ފުދޭވަރަކަށް ބާރު ބޮޑުވާކަމަށާއި ރަށުން ބޭރުން މަރުވާމީހުން މިރަށުގައި ވަޅުލުމުގެ ބަދަލުގައި އެރަށެއްގައި ވަޅުލުމަކީ އާއިލާއަށްވެސް އެންމެ ބޭނުންވާ ގޮތް ކަމަށް ވެދާނެ ކަމަށާއި ބެލެވޭތި އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ކުޅުދުއްފުށީ ޤަބުރުސްތާނަށް އޮންނަ ބާރު ބޮޑުވުން ކުޑަކުރެވޭނެ ކަމަށް ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ނިޔާވާ ފަރާތްތަކުން އެފަރާތެއްގެ ރަށުގައި ވަޅުލުމަށްޓަކައި ގެންދިއުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ ކަމެއް ކަމަށާއި ނިޔާވި ފަރާތުގެ ޢާއިލާއިން އެދެނީ ކަމުގައިވަނީ ނަމަ އެކަން އެގޮތަށް ކޮށްދޭން ޖެހޭނެ ކަމަށާއި މިކަމަށް ގޮތެއް ނިންމާނީ ޕޮލިސީ ލެވަލްގައި މަޝްވަރާކުރެވިގެން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
ޖަމާއަތްތެރިންގެ ފައިސާ މިހާތަނަށް މިނިސްޓްރީގައި އެދެފައިވީނަމަވެސް އަދިވެސް ލިބިފައި ނުވާކަމަށާއި އެކަމަށް ބާރު އަޅުއްވައި ދެއްވުމަށް އެދި ކައުންސިލް މެމްބަރު ސަމާ ޢަލީ ވިދާޅުވިއެވެ.
ޖަމާއަތްތެރިންގެ ފައިސާއަކީ މިނިސްޓްރީން ފޮނުވަމުން އަންނަ ފައިސާއެއް ނޫން ކަމަށާއި އެފައިސާ ދޭންޖެހޭނީ އެކައުންސިލްގެ ބަޖެޓުން ކަމަށާއި ކުރިން މިނިސްޓްރީން ރަށްތަކަށް ފައިސާ ދިން ކަމުގައި ވީނަމަވެސް ސިޔާސަތު ބަދަލުވުމާއި ގުޅިގެން މިހާރު އެފައިސާ އެގޮތަށް ދޫނުކުރާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ. ނަމަވެސް މިހާރުވެސް ފިނޭންސް މިނިސްޓްރީއަށް ލިޔުއްވައިގެން އެފައިސާ ލިބިއްޖެ ނަމަ އެކަން އެގޮތަށް ކުރެއްވިދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.
коли закінчиться війна в україні 2022 екстрасенси скільки може тривати війна в україні коли закінчиться війна в україні 2022 передбачення
http://bit.ly/legenda-destan-vse-serii
My brother suggested I would possibly like this website.
He was once totally right. This put up actually made my day.
You cann’t imagine just how a lot time I had spent for this
information! Thanks!
It’s nearly impossible to find experienced people on this topic, but you seem like you know what you’re talking about!
Thanks
We stumbled over here from a different web page and thought I might as well check things out.
I like what I see so i am just following you.
Look forward to looking into your web page for a second time.
I want to to thank you for this good read!! I definitely
loved every bit of it. I have you book marked to look at new stuff you post…
Fine way of describing, and pleasant piece of writing to take facts
about my presentation subject matter, which i am going to deliver in university.
What’s up, this weekend is good in support of me, because this point in time i am reading this wonderful informative paragraph here at
my house.
Hi! Do you know if they make any plugins to protect against hackers?
I’m kinda paranoid about losing everything I’ve worked hard
on. Any tips?
Heya i’m for the first time here. I found this board and I find
It really useful & it helped me out a lot. I hope to
give something back and help others like you helped me.
I simply could not depart your web site prior to suggesting that I
really enjoyed the standard info an individual provide
on your visitors? Is going to be again often to check out
new posts