ކައުންސިލް އިދާރާގައި މަރާމާތުގެ މަސައްކަތް މިއަދު ކަލެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ޚަވާލުކުރައްވައިފި

ކައުންސިލް އިދާރާގައި ހޯލް، ގަރާޖު، ސްޓޯރ ރޫމެއް އިމާރާތަށް އިތުރުކުރުމާއި ކައުންޓަރެއް ހެދުމުގެ މަސައްކަތް ކަލެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާއި ޚަވާލުކުރައްވައިފިއެވެ. މިއަދު ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލްގައި ކުރިޔަށް ދިޔަ މިސޮއިކުރުމުގެ ރަސްމިއްޔާތުގައި ކަލެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަމްޢޫންއެވެ. އަދި ކުޅުދުއްފުށީ ކައުންސިލްއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަންއެވެ.

އަމިއްލަ ތަކެތީގައި ކުރެވޭ މިމަސައްކަތަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް އަވަސްމިނުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ގެނެވިގެންދާ ގިނަ ބަދަލުތަކެއް އެކުލެވިގެންވާ މުހިންމު މަސައްކަތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *