ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިސްމަޤާމަކަށް އަލްފާޟިލް ޢަބްދުﷲ އާދަމް

ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމަށް ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް ހަމަޖައްސަވައިފިއެވެ. މިމަޤާމަށް އިޢުލާންކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިއީ މިމަޤާމަށް ހުއްދަ ލިބި، އަލަށް ހަމަޖައްސާފައިވާ މަޤާމެކެވެ.

އަލްފާޟިލް ޢަބްދުﷲ އާދަމް މިއަދު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުންގެ ފަރާތުން އެފަރާތަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ.

ކައުންސިލް އިދާރާއިން ދެމުންގެންދާ ވަރަށް މުހިއްމު ޙިދުމަތްތަކެއް ލަސްވެގެންދަނީ ތަނުގައި އުޅުއްވާ މުވައްޒަފުންގެ މަދުކަމުން ކަމަށާއި އަލަށް ކައުންސިލް އިދާރާއަށް ވަޑައިގެންނެވި ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ އާދަމް ކައުންސިލްގެ މަސައްކަތްތަކަށް ގުޅިވަޑައިގަތުމަކީ އެތައްގޮތަކުން ކައުންސިލްގެ މަސައްކަތްތައް ފައްސޭހަވެ ދެމުންގެންދާ ޙިދުމަތްތައް ބާރު ދުވެލީގައި ގެންދިއުމަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށް ކައުންސިލް އިދާރާގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ 2 ވަނަ ދައުރުގެ ފުރަތަމަ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު ކައުންސިލްއާއި ޙަވާލުވެ ހުންނެވި އިރުވެސް ޑިރެކްޓަރ މަޤާމަށް މީހަކު ހަމަޖެއްސެވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިހާރުގެ ކައުންސިލްއިން އެމަސައްކަތް އަލުން ތަކުރާރުކޮށް ކުރެއްވި މަސައްކަތުން ޑިރެކްޓަރ މަޤާމަށް މީހަކު ނެގުމުގެ  ހުއްދަ ދެވިގެން ދިޔައެވެ.

Leave a Reply

Your email address will not be published. Required fields are marked *